ވަޒީރުން އިސްތިއުފާދެއްވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގުމަށް ރައީސަށް ފުރުސަތު ދިނުމަށް: ރައީސް އޮފީސް

large_175854693330eLJF

ސަރުކާރު ހިންގުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލާފައިވާ ކެބިނެޓުގެ 10 ވަޒީރުން މިއަދު އިސްތިއުފާ ދިނީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރު ހިންގެވުމަށް ރައީސް ގެންނަވަން ބޭނުންފުޅުވާ ހެޔޮ ބަދަލުތަކަށް ފުރުސަތު ދިނުމަށް ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ.

މިއަދު އިސްތިޢުފާދެއްވި 10 ވަޒީރުންނަކީ
1- މިނިސްޓާ އޮފް ޑިފެންސްގެ މަޤާމުން މުޙައްމަދު ޣައްސާން މައުމޫން
2- މިނިސްޓާ އޮފް ފޮރިން އެފެއާޒްގެ މަޤާމުން ޑރ. ޢަބްދުﷲ ޚަލީލް
3- މިނިސްޓާ އޮފް ހެލްތްގެ މަޤާމުން ޢަބްދުﷲ ނާޡިމް އިބްރާހީމް
4- މިނިސްޓާ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ މަޤާމުން ޠާރިޤު އިބްރާހީމް
5- މިނިސްޓާ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ މަޤާމުން ޑރ. ޢާއިޝަތު ޝިހާމް
6- މިނިސްޓާ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުން އާދަމް ނަޞީރު އިބްރާހީމް
7- މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަޤާމުން ޑރ. މަރްޔަމް މާރިޔާ
8- މިނިސްޓާ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްގެ މަޤާމުން އިބްރާހީމް ވަޙީދު
9- މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަޤާމުން އާދަމް ޝަރީފު ޢުމަރު
10- މިނިސްޓާ އޮފް ހަޔާ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ މަޤާމުން ޑޮކްޓަރ ޢަލީ ޙައިދަރު އަޙްމަދު

މި ބޭފުޅުންގެ އިސްތިއުފާ ރައީސް ވަޏީ ގަބޫލުކުރައްވާފައެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ލިބުނު ނާކާމިޔާބީއަށްފަހު ސަރުކާރުގެ ހިންގުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފައެވެ. އެގޮތުން، ބައެއް ކުންފުނިތަކުގެ ވެރިން މަގާމުން ވަކިކުރާއިރު، ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވެސް އިއްޔެ ވަނީ އިސްތިއުފާ ދެއްވައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ