ކާމިޔާބީއާއި ނާކާމިޔާބީގައިވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފު: ރައީސް

HGM3ZeaaIAAQRx3

ކާމިޔާބީއާއި ނާކާމިޔާބީގައިވެސް އިސްކުރާނީ އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ޚިދުމަތްކޮށްދިނުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އއ.ރަސްދޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އިންތިޚާބީ މަޤާމުތަކަކީ ރައްޔިތުން ޙަވާލުކުރާ އަމާނާތެއްކަމަށާއި އެއީ މަތިވެރި ޒިންމާއެއްކަމަށެވެ.

"ހަވާލުވެވުނު ޒިންމާ އަދާކުރުމުގައި އިޙްލާސްތެރިވާންޖެހޭނެ. އަމާނާތްތެރިވާންޖެހޭނެ. ތިމަންނާއަށް ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ. އެންމެން ހަމަހަމަވާންޖެހޭނެ. ރިވެތި މިސާލު ދައްކަންޖެހޭނެ. އެކުވެރިކަމާއެކުގައި ޒިންމާދާރު މަސައްކަތެއް ހަމަހަމަކަމާއެކީގައި ކުރެވިއްޖެނަމަ ހަމަ ޔަޤީނުންވެސް އަޅުގަނޑުމެންގެ ހުރިހާ އިންތިޚާބީ ކެންޑިޑޭޓުން ކުރައްވާނެ އެކަންތައްތައް، ކުރެވިއްޖެނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބީ އޮންނާނީ ވަރަށް ގާތުގައި." ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރާނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ހޮވިގެންދިޔަ ހުރިހާ މެންބަރުންނާއެކު ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ވަރަށް ގާތުން ކަމަށެވެ.

ރައީސް ވިދާޅުވީ، ނިމިދިޔަ އިންތިޚާބުގައި ޕީއެންސީއަށް ގިނަ ގޮނޑިތަކެއް ކާމިޔާބުކުރެވުނު ނަމަވެސް ސިޓީތައް ކާމިޔާބުކުރެވިފައިނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން މަސައްކަތްކުރާނީ ދާއިރާތަކުގެ ތަރައްޤީއަށް ގުޅިގެން މަސައްކަތްކުރުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ