ތޫނު އެއްޗަކުން ބިދޭސީއަކަށް ހަމަލާދީ ޒަކަމްކޮށްލައިފި

police-arrest-suspect

ތޫނު އެއްޗަކުން ބިދޭސިއަކަށް ހަމަލާދީ ޒަޚަމްކޮށްލި މައްސަލައެއް ބަލަން ފަށާފައިވާ މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި އަނިޔާވެފައި ވަނީ އުމުރުން 38 އަހަރުގެ ބިދޭސީ ފިރިހެނަކަށް ކަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންގޮސްފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 1:08 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، އޭނާއަށް ހަމަލާދީފައިވަނީ، ކަރަންކާ މަގުގައި ހުއްޓާ ކަމަށެވެ. އެ ހަމަލާގައި އޭނާގެ ކަރު ވަރަށް ބޮޑަށް ޒަހަމުވެފައި ވާކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އަންތަރު މުއްލާ، 28، ވަނީ ހައްޔަރު ކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ