ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ

MIRA News

ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ތިން މަސްދުވަހު ދައުލަތަށް 500 މިލިޔަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 12.5 ޕަސަންޓުގެ އިތުރުވުމެކެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮޓޯރިޓީ، މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ފުރަތަމަ  ތިން މަސްދުވަހު ފަތުރުވެރިކަމުގެ ބިމު ކުލީގެ ގޮތުގައި ދައުލަތައް ވަނީ 549 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 488 މިލިޔަން ރުފިޔާއެވެ.

މި މުއްދަތުގައި ރިސޯޓް ބިމު ކުލީގެ ގޮތުގައި 35 މިލިޔަން ޑޮލަރު ވަނީ ލިބިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބިފައިވަނީ 32 މިލިޔަން ޑޮލަރެވެ.

މި މުއްދަތުގެ ތެރޭގައި ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ލިބިފައިވަނީ 440 މިލިޔަން ރުފިޔާއެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ހަތްލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ