ސިޔާސީ ވަޒީފާ ދިނުން ހުއްޓާލައިފިން، އުސޫލުން ބޭރުން ވަޒީފާ ދިން ނަމަ ވަކިކުރަން އަންގައިފިން: ރައީސް

Screenshot 2026-04-20 at 12.56.04

ކެމްޕެއިނަކާ ގުޅިގެން ނުވަތަ އެހެން ކަމަކާ ގުޅިގެން ވިޔަސް ސިޔާސީ ވަޒީފާ ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ދެއްވި ޖަވާބުގައި، ރައީސް ވިދާޅުވީ ކެމްޕެއިނަކާ ގުޅިގެން ނުވަތަ ސިޔާސީ ގޮތުން ވިޔަސް އެއްވެސް މީހަކަށް ވަޒީފާ ދިނުން ހުއްޓާލަން ވެއްޖެ ކަމަށް ރައްޔިތުން ބުނެފައިވާ ކަމަށެވެ.

"އެއްވެސް ފަރާތަކަށް ކެމްޕެއިނަކާ ގުޅިގެން ނޫނީ ސިޔާސީ ގޮތަކަށް ވަޒީފާ ދިނުން ދެން މި ގައުމުގައި ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައްޔިތުން މި އޮތީ ބުނެފައި. އެހެންވީމާ އަޅުގަނޑު ވެސް ދަނީ އެގޮތަށް ދެން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެއްވެސް މީހަކަށް ދެން ވަޒީފާ ދޭނީ ސަރުކާރުން ކަނޑައަޅާފައި އޮންނަ އުސޫލުތަކުގެ ތެރެއިން ފުރިހަަމަކުރަން ޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން ކަމަށެވެ. އެގޮތުން އިއުލާނު ކުރެވި ސީވީއަށް ބަލައި މެރިޓް ބޭސްޑްކޮށް ނޫނީ ދެން އެއްވެސް އެސްއޯއީއަކަށްވެސް މިނިސްޓްރީއަކަށްވެސް މުވައްޒަފަކު ނަގައިގެން ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގަވާއިދާ ހިލާފަށް އެއްވެސް މީހަކަށް ވަޒީފާ ދީފައިވާ ނަމަ، އެ ވަޒީފާއެއް ދިން މީހަކު ވަޒީފާއިން ވަކިކުރަން މިހާރުވެސް އިދާރާތަކަށް އަންގާފައިވާނެ ކަމަށެވެ.

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރަން ފިނޭންސް މިނިސްޓްރީ މިހާރު ވަނީ އެސްއޯއީތަކަށް އަންގައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ