ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ، ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރުމަށް ދެ ބޭފުޅަކު ކުރިމަތިލައިފިއެވެ.
ޕީއެންސީގެ ޓިކެޓުގައި ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރުކަމަށް ވާދަކުރާނެ މީހަކު ކަނޑައަޅަން ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހުއެވެ.
މި ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 6 ޖޫންގަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް، ޕީއެންސީގެ ފަރާތުން ހުޅުވާލި ފުރުސަތުގައި އެ ގޮނޑިއަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން (ސިނާ)ގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.
ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެޕްރީލް 19 ވަނަދުވަހުގެ އިރުއޮއްސި 6 އާ ހަމައަށެވެ.