ޕީއެންސީގެ އެސްޖީކަމަށް މޫސާ ފަތުހީ އައްޔަނުކޮށްފި

big_nkgl3Bpr2GTahfmsRcVGebjKF

ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް އައްޔަނުކޮށްފިއެވެ.

ޕީއެންސީގެ ފަރާތުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައިވަނީ، މޫސާ ފަތުހީ އެޕާޓީގެ އެސްޖީކަމުގެ މަގާމަށް އައްޔަނުކުރުމާއި ގުޅިގެން މަރުހަބާ ކިޔާފައެވެ.

ޕީއެންސީގެ އެސްޖީ ކަމުގެ މަގާމް ހުސްވީ، ކުރިން އެމަގާމުގައި ހުންނެވި މުއާޒް ހަލީމް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

އިސްތިއުފާ ދެއްވައި އެކްސްގައި މުއާޒް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އޭނާ އިސްތިއުފާ ދެއްވީ، ރައްޔިތުންގެ ވިންދާ އެއްގޮތަށް ޕާޓީގެ މަސައްކަތްތައް ބައްޓަންކުރައްވައި، ފުރިހަމަ ނަތީޖާ ހާސިލްލް ކުރެވޭ ޕާޓީއަކަށް ޕާޓީ ހެއްދެވުމަށް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފައްޓަވާފައިވާ ހަރުދަނާ މަސައްކަތްޕުޅުތަކަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ކަމަށެވެ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ