ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރި މީހަކު 18 އަހަރަށް ޖަލަށް

Screenshot 2026-04-21 at 15.23.20

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ކުށް ސާބިތުވި މީހަކު 18 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާ ކުރިކަން ސާބިތުވެ، 18 އަހަރަށް ޖަލަށްލާން ކޯޓުން މިދިޔަ އާދީއްތަ ދުވަހު ހުކުމްކުރީ ޏ. ފުވައްމުލަކު، ފުނާޑު، ނަވާ، އަބްދުﷲ ވަހީދު މޫސާގެ މައްޗަށެވެ

ފުލުހުން ބުނި ގޮތުގައި އެ ދައުވާއާ ގުޅިގެން އޭނާ ބަންދުގައި ހުރި އެއް އަހަރާއި ހަތް މަހާއި ނުވަ ދުވަސް ހުކުމުގެ މުއްދަތުން އުނިކުުރުމުން އަބްދުﷲ ވަހީދު މޫސާ ތަންފީޒުކުރަންޖެހޭ މުއްދަތަކީ 16 އަހަރާއި ހަތަރު މަހާއި 21 ދުވަހުގެ ޖަލު އަދަބު ކަމަށް ކޯޓުން ކަނޑައަޅާފައިވާ ކަމަށެވެ.

މި މައްސަލައަކީ ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ ހުކުމުގެ ތަފްސީލީ ރިޕޯޓް އާއްމުކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ