މަސްދޯނިތަކަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ ގޮތް ހަދައިފި

dhoani

މަސްދޯނިތަކަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ބުނީ މަސްވެރިކަން ކުރާ ހުރިހާ ދޯނިފަހަރަށް މާދަމާ އިން ފެށިގެން އެސްޓީއޯ ޝެޑް ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށާއި ފަހި ހަކަތައިގައި ރަޖިސްޓްރީ ވެފައިވާ ދޯނިތަކަށް ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށެވެ.

މިނިސްޓްރީން ބުނީ ސަބްސިޑައިޒް އަގުގައި ތެޔޮ ގަންނަން ލިބޭނެ ރަށްތަކަކީ ހއ. އިހަވަންދޫ، ހދ. ހަނިމާދޫ، ށ. މިލަންދޫ، ރ. ދުވާފަރު، ބ. އޭދަފުށި، ޅ. ނައިފަރު، ކ. ހިންމަފުށި، ފ. ނިލަންދޫ، ގއ. ކޫއްޑޫ، ފުވައްމުލައް، އައްޑޫ ހުޅުމީދޫ އަދި ހުޅުމާލެ ޖެޓީންނެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ބައިނަލްއަގުވާމީ މައިދާނުގައި ތެލުގެ އަގު އުފުލެމުންދާއިރު، އެސްޓީއޯ އިން ޑީސަލް ލީޓަރެއް މިހާރު ވިއްކަނީ 17.54ރ. އަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ