ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ: ވޯޓުލެވޭނީ 727 މީހުންނަށް

Screenshot 2026-04-21 at 15.40.56

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޓިކެޓު ދޭނެ ބޭފުޅެއް ކަނޑައެޅުމަށް ޕީއެންސީން ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭނީ 727 މީހުންނަށް ކަމަށް އެ ޕާޓީން ބުނެފިއެވެ.

މި ދާއިރާއަށް މެމްބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ 6 ޖޫންގަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމާ އެކު ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް، ޕީއެންސީގެ ފަރާތުން ހުޅުވާލި ފުރުސަތުގައި އެ ގޮނޑިއަށް ވާދަކުރުމަށް ހުށަހަޅާފައިވަނީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން (ސިނާ)ގެ އިތުރުން ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ.

ޕީއެންސީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ އެޕްރީލް 19 ވަނަދުވަހުގެ އިރުއޮއްސި 6 އާ ހަމައަށެވެ.

ޕްރައިމަރީގެ ވޯޓުލުން ބާއްވަން ނިންމާފައި ވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. މި ޕްރައިމަރީގައި ވޯޓުލެވޭނީ ހިތަދޫ އުތުރު ދާއިރާ އަދި ވެރިރަށް މާލޭގައި ޕާޓީގެ ފަރާތުން ބަހައްޓާ ވޯޓު ފޮށިތަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ