ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމު ވަކިކޮށްފި އެވެ.
މީގެ ތެރެއިން ސަލާމަތީ ބާރުތަކާ ގުޅޭ ކަންތައްތަކާއި ގައުމީ ސަލާމަތާ ގުޅުން ހުރި ކަންކަން ބަލާ ކޮމިޓީއަކީ ރައްޔިތުންގެ މަޖިލީހަށާއި ސަރުކާރަަށް ލަފާދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ.
މާލިއްޔަތު ކޮމިޓީއަކީ ދައުލަތުގެ މާލިއްޔަތާ ގުޅޭ ހުރިހާ ކަމެއް ބަލައި، ދޭންޖެހޭ ލަފާތައް ދިނުމާއި އެންގުންތައް އެންގުމުގެ ބާރު އޮންނަ ކޮމިޓީ އެކެވެ.
ނާޒިމް އެ ދެ ކޮމިޓީން ވަކިކޮށްފައިވާއިރު، އޭނާ ވަކިކުރި ސަަބަބެއް ސާފެއް ނޫނެވެ.
މަޖިލީހުގެ ކޮމިޓީތަކުގެ ތެރެއިން ނާޒިމް މިހާރު ހިމެނިވަޑައިގަންނަވަނީ ހަމަ އެކަނި ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އާއި އެންވަޔަރުމެންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގަ އެވެ.