އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ކެޕްޓަން ޝަފީގު

Screenshot 2026-04-22 at 12.18.52

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރަކަށް ކެޕްޓަން ހުސެއިން ޝަފީގު މިއަދު އައްޔަންކޮށްފި އެވެ.

ޕީސީބީން މިއަދު ބުނީ އެމްޕީއެލްގެ ބޯޑު މެމްބަރު ކަމަށާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކަމަށް ދަފްތަރު ނަންބަރު ރސ 2861، ޝަފީގު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.

ކެޕްޓަން ޝަފީގަކީ ތަޖުރިބާކާރު މާސްޓާ މެރިނަރެކެވެ. އެގޮތުން އޭނާއަކީ ކަނޑުދަތުރުފަތުރާ ގުޅޭ ކަންކަމުގައި 35 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރައްވައި، ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ކެޕްޓަނެއްގެ ގޮތުގައި ބޭރު ދަތުރުތައް ވެސް ކުރެއްވި ބޭފުޅެކެވެ.

އޭނާ ވަނީ މާސްޓާ މެރިނާ ސެޓްފިކެޓް އޮފް ކޮމްޕީޓެންސީ (އަންލިމިޓެޑް) އަދި އެޑްވާންސްޑް ޑިޕްލޮމާ އިން މެރިޓައިމް ސައިންސް ހާސިލްކުރައްވައިފަ އެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ