އެމްއޭސީއެލުން 8 ދުވަހުން ގާދިއްފުށީ ބިން ހިއްކައި ނިންމައިފި

5a72d17d-73e1-4f71-b044-e3980a9d6756

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން، އެންމެ 8 ދުވަސް ތެރޭގައި ތ. ގާދިއްފުށި ބިން ހިއްކައި ނިންމައިފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ ގާދިއްފުށީގައި 11 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލައިފައިވާ ކަމަށެވެ.

އެމްއޭސީއެލުން ބުނީ އެ ރަށުގެ ބިން ހިއްކަން ފެށީ މި މަހުގެ ދިހަ ވަނަ ދުވަހު ކަމަށާއި މަސައްކަތް އެއްކޮށް ނިންމައިލީ މި މަހުގެ 18 ވަނަ ދުވަހު ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރަށުގެ ތަރައްގީއަށްޓަކައި ބިން އިތުރުކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

ބިން ހިއްކުމުގެ އެ މަޝްރޫއުއާއެކު އެ ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްގެދަން ނިންމާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ