ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މައުރޫފް އައްޔަންކޮށްފި

Screenshot 2026-04-22 at 22.39.05

މިނިސްޓާ އޮފް ޔޫތް އެމްޕަވަމެންޓް ސްޕޯޓްސް އެންޑް ފިޓްނެސް އަބްދުﷲ ރާފިއުގެ ސްޕެޝަލް އެޑްވައިޒަރަކަށް މައުރޫފް އަހްމަދު މިއަދު އައްޔަންކޮށްފިއެވެ.

މިނިސްޓްރީން ބުނީ މައުރޫފް އައްޔަންކޮށްފައި ވަނީ ކުޅިވަރު ލާމަރުކަޒުކުރުމަށް މިނިސްޓަރަށް ލަފާދޭ ޚާއްސަ އެދްވައިޒަރުގެ މަގާމަށް ކަމަށެވެ. މިނިސްޓްރީން ވަނީ މައުރޫފް އެ މަގާމަށް އައްޔަން ކުރިކަން ހާމަކޮށް އޭނާއަށް މަރުހަބާ ކިޔާފައެވެ.

މައުރޫފަކީ ރާއްޖޭގެ ފުތްބޯލައިގައި ފާހަގަކޮށްލެވޭ ފަރާތެކެވެ. އޭނާ ވަނީ އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީގެ މަގާމާއި ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް ފުރުއްވާފައެވެ. އަދި އޭނާ ވަނީ ކުޅިވަރުގެ ދައިރާއިން ތައުލީމު ހާސިލްކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ