މަސްވެރިކަމާއި ގުޅޭ

ކޭލަ - ފޮޓޯ: ފިޝެސް އޮފް އޮސްޓްރޭލިއާ

ކޭލަ

ކޭލައަކީ ރާއްޖޭގެ ތިލަފަޅުތަކުގައްޔާއި ގޮނޑުދޮށުގައި ގިނައިންއުޅޭ މަހެކެވެ.

މިއީ ދިވެހިން ކެއުމަށް ބޭނުންކުރާ މަހެކެވެ. ކޭލަ ކުޅިކުޅިއާއ،ި ގުޅިފައިހުންނަ މޫދުގެ ސަރަހައްދުތަކުގައިވެސް އެޅުއެވެ. މަހުގެ ކާނާއަކީ ކަކުނި ފާޑުގެ ސޫތްޕާއި، ކުދިމަހާއި އަޑީގައިއުޅޭ ތަފާތުބާވަތްތަކުގެ ދިރުންތަކެވެ. މަހުގެ ކުލައަކީ ރިހިކުލައެވެ. މަހުގެ ކަންފަތްގަނޑު ހުންނަނީ ކަޅުކުލައެއްގައެވެ. މިބާވަތުގެ ކުދިމަހުގައި މަހުގެ ހުރަހަށް ހުންނަ 3 ގަޅިހުރެއެވެ. އަދި ކަންފަތްގަނޑުނޫން އެހެން އުރަހަތަކުގައި ކަޅުކުލަހުރެއެވެ. މިބާވަތުގެ ކުދިމަސް ގޮނޑުދޮށުގައި މަސްހިފަންއުޅޭ ކުދިން ހިފާއުޅެއެވެ. މިމަސް އެންމެ ބޮޑުވަނީ 30 ސެންޓިމީޓަރަށެވެ.

މަހުގެ ބުރަކަށިމަތީ ފުރަތަމަ ކޮަތަރިބައިގައި 8 ހަރުކަށިހުރެއެވެ. ދެވަނަ ކޮތަރިބައިގައި 1 ހަރުކައްޓާއިއެކު 13 މަޑުކަށިހުރެއެވެ. ބަނޑުދަށްފަރާތު ކޮތަރިބައިގައި 3 ހަރުކައްޓާއިއެކު 11 މަޑުކަށިހުރެއެވެ. މަހުގެ ކަންފަތްގަނޑުގައި 15 މަޑުކަށިހުރެއެވެ. ކަންފަތްގަނޑު ކައިރީގައި ގިދުކޮށް ހުންނަ 6 ނަރުވާހުރެއެވެ. މަހުގެ އަނގަބޮޑުވެފައި ދަތް ކުއްޖެވެ. މަހުގެ ނިގޫފަތް ހުންނަނީ ވަރަށް ބޮޑަށް ކަފިކޮށެވެ. މަހުގެ ހުޅުނބުތައް ހުންނަނީ ކުދިކޮށެވެ. މަހުގެ ތުން ހުންނަނީ އޫކޮށެވެ. އަނގަ ހުންނަނީ ތުންގަނޑުގެ ދަށުގައެވެ.

މަސްދަރު: ފިޝަސް އޮފް ދަ މޯލްޑިވްސް، މޯލްޑިވްސް މެރިން ރިސާޗް ސެންޓަރ، 2003
އިނގިރޭސިނަން: Six-fingered threadfin
އިތުރު ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!