ބުލީކުރުމަކީ ޖިނާއީ ކުށަކަށް ހަދައި އެފަދަ މައްސަލަތަކަށް ހަރުކަށި ޖިނާއީ ފިޔަވަޅުތައް އެޅުމާ މެދު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ
ބުލީގެ ޝިކާރައަކަށްވާ ބައެއް މީހުން އަމިއްލައަށް މަރުވާ މައްސަލަތައް ގިނަވަމުންދާތީ، އެފަދަ މައްސަލަތައް ހުއްޓުވުމަށް އެ މިނިސްޓްރީން ކުރާ މަސައްކަތްތަކީ ކޮބައިތޯ މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ކަންކަމުގައި ޖިނާއީ ފިޔަވަޅު އެޅޭ ނަމަ، ހަރުކަށި ޖިނާއީ ފިޔަވަޅު އަޅާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެކަމުގެ މަޝްވަރާތައް ބަންޑާރަނައިބުގެ އޮފީހާއެކު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ
"ވަކިން ހާއްސަކޮށް ބުލީގެ ކަންކަން ސްކޫލުތަކުގައާ އަދި މުޖުތަމައުތެރޭގައި ކުރަމުންދާތީ މިކަމަށް އެޅިދާނެ ފިޔަވަޅުތަކަކީ ކޮބައިތޯ، ހާއްސަކޮށް ޖިނާއީގޮތުން އެޅިދާނެ ފިޔަވަޅެއް އެބައޮތްތޯ އަޅުގަނޑުމެން މިހާރު ދަނީ އެޓާނީ ޖެނަރަލް އޮފީހާ އެކު މަސައްކަތްތަކެއް ކުރަމުން،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ، ގާނޫނީ ގޮތުން އެކަމަށް ހޯދަންޖެހޭ ހައްލެއް ހޯދާނެ ކަމަށާއި އެކަމަށްޓަކައި ގާނޫނުތައް ބަދަލުކުރަންޖެހޭ ނަމަ އެކަން ވެސް ކުރާނެ ކަމަށެވެ.ގު