ވިޔަފާރިވެރިޔާ ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި

b6ef8e0e-6479-4884-958e-91097d13c712

ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު، ވެރިކަން ކުރާ ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

ޕީއެންސީގެ މެމްބަރަކަށް ވެވަޑައިގަތުމަށް ޖާބިރު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމް ހުށަހެޅުއްވީ މިއަދެވެ.

ޖާބިރު ވަނީ ނިމިދިޔަ ކައުންސިލް އިންތިހާބުގައިވެސް ޕީއެންސީއާއެކުގައި މަސައްކަތްކުރައްވާފައެވެ.

ޖާބިރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި ރައީސް މުއިއްޒަކީ، ވަރަށް އިހުލާސްތެރި އަދި ރައްޔިތުންގެ ވިންދާ އެއްގޮތަށް ގައުމުގެ ކަންކަން ކުރިއަށްގެންދަވަން ބޭނުންފުޅުވާ ލީޑަރެކެވެ.

ޖާބިރު ވަނީ މީގެ ކުރިން އެމްޑީޕީއާއި ޑީއާރްޕީގައިވެސް އިސް ދައުރެއް އަދާކުރައްވައިފައެވެ

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ