ރާއްޖެއިން އިންޑިއާއަށް ދައްކަންޖެހޭ 400 މިލިއަން ޑޮލަރު މިއަދު ދައްކާ ޚަލާސްކޮށްފިއެވެ.
ފޮރިން ިމނިސްޓަރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިއީ 2024ވަނަ އަހަރުގެ އޮކްޓޯބަރު މަހު ސްވަޕް ފެސިލިޓީގެ ދަށުން ރާއްޖެއަށް ދީފައިވާ ފައިސާކަމަށެވެ. މިއީ އިންޑިއާގެ ރިޒާވް ބޭންކް (އާރުބީއައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާ ދެމެދު ވެފައިވާ އެއްބަސްވުމެކެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ،30 ބިލިއަން ރުޕީސްގެ އިތުރު ކަރަންސީ ސްވަޕެއް ރާއްޖެއަށް ދޭން އިންޑިއާއިން ނިންމިކަން ހާމަކޮށްފައެވެ. މި އެހީ ދޭން އިންޑިއާިއން ނިންމުމުން ރާއްޖެއިން ވަނީ ޝުކުރު އަދާކޮށްފައެވެ.
މީގެއިތުރުން މި ބަޔާނުގައި ވަނީ، މި ކަރަންސީ ސްވަޕްގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން ހާމަވެ، އިންޑިއާިއން ގެންގުޅޭ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުން ދޭ އެހީތެރިކަން ހާމަވާކަމަށެވެ.