އިއްޔެ އެކަނި މަސްވެރިން ކިރުވި މަހަށް ހަ މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިފްކޯގެ ތަފްސާ ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ 65 ދޯންޏަކަށް ވަނީ 6.036،593 ރުފިޔާ ދޫކޮށްފައެވެ އެއީ މިމަހުގެ 21 ވަނަ ދުވަހު ކިރުވާފައިވާ މަހަށެވެ.
މިފްކޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ މިހާތަނަށް މިފްކޯއިން ވަނީ 34،679،564 ރުފިޔާ މަސް ދޯނިތަކުން ކިރުވާފައިވާ މަހަށް ދައްކާފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ކުރީ ސަރުކާރުން މަސްވެރިންނަށް ދޫނުކޮށް 250 މިލިއަނެއްހާވެސް މި ސަރުކާރުން ދައްކައި ހަލާސްކޮށް މަސްވެރިންނަށް މިހާތަނަށް ވަނީ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައެވެ.
މި ސަރުކާރުން އަންނަނީ މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާވެސް ދެމުންނެވެ. އަދި މަސްވެރިކަން ކުރިއަރުވަން ލޯނުތައް ދީ، ކެޕޭސިޓީ އިތުރުކުރަންވެސް މީގެ ކުރިން ނުކުރާހާ މަސައްކަތް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ.