އަޅުގަނޑުގެ ފޮޓޯ ޖަހައިގެން މީހެއްގެ މަރާ ގުޅުވައި ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް: ލަމްއާން

Screenshot 2026-04-24 at 17.37.24

އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްއާންގެ ފޮޓޯ ޖަހައިގެން، މީހެއްގެ މަރާ ގުޅުވައިގެން ދައްކަމުންދަނީ އެއްވެސް ހަގީގަތެެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ލަމްއާން އެފަދއިން ވިދާޅުވީ، "ހަސަން ކުރުސީ"ގެ ނަމުގައި ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓަކާ ގުޅިގެންނެވެ،

މި ޕޯސްޓާއި ގުޅިގެން ލަމްއާން އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިންސާނެއްގެ މަރާއި އަޅުވާ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް އޭނާގެ ފޮޓޯ ޖަހައިގެން ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެކައުންޓުން ދައްކަމުން އަންނަ ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ އެ އެކައުންޓުން ވަނީ މި މަހުގެ 21 ވަނަ ދުވަހު ދަންޖެހިގެން އަމިއްލައަށް މަރުވި ގއ. ވިލިނގިލި / ހިކިދުބުރިމާގެ އަހުމަދު އަމްރޫގެ މަރާއި އެމްއޭސީއެލްގެ މުވައްޒަފުން އޭނާއަށް ބުލީކުރުމާއި ގުޅުވައިގެން ވާހަކަދައްކައިފައެވެ. އަދި ލަމްއާންގެ ފޮޓޯ ޖަހައި އަމްރޫގެ ޖަނާޒާއަށް ނުދިއުމަށް އެމްއޭސީއެލްގެ މެނޭޖުމަންޓުން މުވައްޒަފުންނަށް އަންގައިފާ ކަމަށް އެ ޕޯސްޓުގައި ބުނެފައިވެއެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި އަމްރޫއަކީ އެމްއޭސީއެލްގެ މުވައްޒަފެއްވެސް ނޫނެވެ. ފަހުން ކުރުސީ ވަނީ އެ ޕޯސްޓުވެސް ޑިލީޓްކޮށްލައިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ