މަތިވެރި "ޝާކް ޕޮއިންޓު" ގައި ދިވެެއްސަކާއި ޓޫރިސްޓަކަށް މިޔަރު ހަމަލާދީފި

Screenshot 2026-04-24 at 22.39.07

މިދިޔަ ބުރާސްފަތި ދުވަހާއި ބުދަ ދުވަހު، މިޔަރުގެ ދެ ހަމަލާއެއްގައި ދެ މީހަކު ޒަހަމްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި ދެ ހާދިސާ ވެސް ހިނގާފައި ވަނީ އއ. އަތޮޅު މަތިވެރި ކައިރީގައި އޮންނަ "ޝާކް ޕޮއިންޓް" ގައެވެ.

އެގޮތުން ބުދަ ދުވަހު ޗައިނާގެ އަންހެން ޓޫރިސްޓެއްގެ އަތުގައި މިޔަރެއް ދަތް އަޅާފައިވާއިރު، އެ ސަރަަހައްދަށް ފީނި ދިވެހި ޒުވާން ފިރިހެނެއްގެ އަތަށްވެސް މިޔަރެއް ވަނީ ހަމަލާދީފައެވެ.

އެނގިފައިވާ ގޮތުގައި އެތަނުން އަންހެން މީހާގެ އަތް ވަނީ މިޔަރު ހަމަލާގައި ވަރަށް ބޮޑަށް ޒަހަމްވެފައެވެ.

މިދިޔަ ހަފުތާގައި ގއ. ކޫއްޑޫ ކައިރިއަށް ފީނަން ގޮސް އުޅެނިކޮށް މިޔަރެއް ހަމަލާދިނުމުން ޓޫރިސްޓެއްގެ ފައިބުރިކޮށްލަން ޖެހުނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ