މާރިޗް މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު ފެބްރުއަރީ މަހާ އަޅަބަލާ އިރު އިތުރުވެއްޖެ

Screenshot 2026-04-25 at 16.42.41

މާރިޗް މަހު ރާއްޖެއިން އެކްސްޕޯޓް ކުރި މަހުގެ އަދަދު ފެބްރުއަރީ މަހު އެކްސްޕޯޓް ކުރި މިންވަރާ އަޅާ ބަލާއިރު އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހު ދިވެހިރާއްޖެއިން އެކްސްޕޯޓް ކުރި މިންވަރަށްވުރެ މާރިޗް މަހު މަސް އެކްސްޕޯޓް ކުރި މިންވަރު ވަނީ އިތުރު ވެފައެވެ. ފެބުރުއަރީ މަހު ރާއްޖެއިން އެކްސްޕޯޓުކޮށްފައި ވަނީ 51 މިލިޔަން ރުފިޔާގެ މަހެވެ. އަދި މާރިޗް މަހު ދިވެހިރާއްޖެއިން ވަނީ 69 މިލިޔަން ރުފިޔާގެ މަހެވެ. އެހެން ކަމުން މާރިޗް މަހު އެކްސްޕޯޓް ކުރި މަހުގެ އަދަދު 35 އިންސައްތަ މި ވަނީ އިތުރު ވެފައެވެ.

މާރިޗް މަހު ދަޅުގައި ބަންދުކުރި ކަޅުބިލަ މަސް އެކްސްޕޯޓް ކުރި މިންވަރުވެސް ފެބްރުއަރީ މަހާ އަޅާ ބަލާއިރު ވަނީ އިތުރު ވެފައެވެ. އެގޮތުން މާރިޗް މަހު ދަޅުގައި ބަންދުކޮށްގެން ކަޅުބިލަ މަސް އެކްސްޕޯޓް ކޮށްފައިވަނީ 51 މިލިޔަން ރުފިޔާއެވެ. އަދި ފެބްރުއަރީ މަހު މި އަދަދު ހުރީ 29 މިލިއަން ރުފިޔާގައެވެ.

އެންމެ ގިނައިން ރާއްޖެއިން އެކްސްޕޯޓް ކުރަނީ ކަޅުބިލަމަހާއި ރީނދޫ އުރަހަ ކަންނެލި މަހެވެ.
މާރިޗު މަހު ރާއްޖެއިން އެކްސްޕޯޓްކުރި މަހުގެ ބާވަތްތަކަށް ބަލާއިރު:
-ދަޅު މަސް: 51 މިލިޔަން ރުފިޔާ
ގަނޑުކުރި ކަޅުބިލަ މަސް: 8 މިލިޔަން ރުފިޔާ
ތާޒާ ކަންނެލި މަސް: 6 މިލިޔަން ރުފިޔާ

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ