ސޮޑާ ބަލިކޮށް ސިނާ ޕްރައިމަރީ ކާމިޔާބުކޮށްފި

l_2025_02_13_031954_quiodn9ev8l67gpxsy12cz5mtab34kjfrwh_EN_

ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީ އެ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން (ސިނާ) ކާމިޔާބުކޮށްފި އެވެ.

ސިނާން ޕްރައިމަރީ ކާމިޔާބުކުރީ އަހުމަދު ސައީދު (ސޮޑާ) އާ ވާދަކޮށެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން 1 ނަމްބަރު ފޮށިން މުހައްމަދު ސިނާނަށް 167 ވޯޓު ލިބިފައިވާއިރު، އަހުމަދު ސައީދަށް ލިބިފައިވަނީ 150 ވޯޓެވެ. އަދި 2 ނަމްބަރު ފޮށިން ސިނާނަށް 59 ވޯޓު ލިބުނުއިރު، އަހުމަދު ސައީދަށް ލިބިފައިވަނީ 37 ވޯޓެވެ.

އެހެންކަމުން މުޅި ޖުމްލަ ސިނާ އަށް ލިބިފައިވަނީ 226 ވޯޓެވެ. އަދި ސައީދަށް ލިބިފައިވަނީ 187 ވޯޓެވެ.

ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި މުހައްމަދު ސިނާންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވުމުންނެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ