މާފަންނުގެ ބައެއް ސަރަހައްދުތަކުން މިރޭ ކަރަންޓު ކެނޑިއްޖެއެވެ.
މިކަމާ ގުޅިގެން ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެން މެދުވެރިވީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ. މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސްޓެލްކޯއިން ބުންޏެވެ.
ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުން ކުރިމަތިވެދާނެ ދަތިތަކަށް މާފަށް އެދިފައެވެ.
މިއަދު މެންދުރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވެސް ވަނީ ކަރަންޓު ކެނޑިފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހިން ކަރަންޓު ކެނޑެން މެދުވެރިވީ މަގު ހެދުމުގެ މަސައްކަތެއް ކުރަުން ދަނިކޮށް ހައި ވޯލްޓޭޖް ކޭބަލަކަށް ގެއްލުން ވުމުގެ ސަބަބުންނެވެ.
އެ މައްސަލަ ހައްލުކޮށް ދެވަނަ ފިޔަވައްސަށް މިއަދު ކަރަންޓު ދެވުނީ ގާތްގަނޑަކަށް ހަތަރު ގަޑިއިރު ފަހުންނެވެ.