އަދަދުގެ ޑޮކިއުމެންޓަރީގައިވާ ތުހުމަތުތައް ރައީސް ދޮގުކުރައްވައިފި، ވިދާޅުވީ ދޮގު ހެދި މީހުންނަށް ދައުވާކުރާނެ ކަމަށް!

44a2d801-99cc-48de-ab1b-b139dd277307

"އަދަދު" ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ހުތުރު ތުހުމަތުތަކެއް އަޅުވައި ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި ތުހުމަތުވާ ކަންކަމަކީ ދޮގެއް ކަމަށާއި އެ މައްސަލައިގައި  ދައުވާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޑޮކިއުމެންޓްރީގައިވާ ކަންކަމާ ގުޅޭ ގޮތުން "އަދަދު" ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ޑޮކިއުމެންޓްރީގައި ވާ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

ރައީސް ވިދާޅުވީ، އެ ދޮގު ވާހަކަތައް ދެއްކި ހުރިހާ ފަރާތްތަކަށް ދައުވާ ކުރަައްވާނެ ކަމަށެވެ. އަދި ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ހިމެނޭ ވީޑިއޯއެއް ހެއްދެވިކަމަށް އަދަދުގެ ނޫސްވެރިޔާ ކުރި ސުވާލުންވެސް އިއުތިރާފުވެފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކަނޑައެޅިގެން ދޮގު ވާހަކައެއް. ދެން އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެހެންވީމާ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ވާހަކައަށް ތި އިއުތިރާފުވެވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އަޅުގަނޑު ދައުވާކުރަން އެދެން ކަމާ ބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން" ރައީސް ވިދާޅުވިއެވެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "އަދަދު" ނޫހަކީ "ދޮންއަމާ"ގެ ނަމުގައިވެސް ވީޑިއޯއެއް ހަދައިގެން ދައުރުކުރި ނޫހެއް ކަމަށާއި އެހެންކަމުން އެ ނޫހުން އެ ފަދަ ވީޑިއޯއެއް ހެދުމުން ހައިރާންވެވަޑައިނުގަންވާ ކަމަށެވެ.

އަދަދު ނޫހުން ގެނެސްދިން "އައިޝާ" ޑޮކިއުމެންޓްރީގައި، ރައީސްގެ އިސްތަށިފުޅުގައި ގަޒުފުގެ ތުހުމަތު އަޅުވާފައިވެއެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ