ސްޕޯޓްސް ފިޝިންއަށް ހާއްސަ އިތުރު ކަނދުފަތި އަޅަނީ

Screenshot 2026-04-27 at 16.03.22

ސްޕޯޓްސް ފިޝިންއަށް ހާއްސަކޮށްގެން އިތުރު ވަދު ކަނދުފަތިތަކާއި މަސްކަނދުފަތިތަކެއް އަންނަ ހަފްތާގައި އަޅާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖޭގައި 2 ބާވަތެއްގެ ކަނދުފަތި އަޅައެވެ. އެއީ ކަޅުބިލަމަހުގެ މަސްވެރިކަމަށް ހާއްސަކޮށް އަޅާ ދޮށީގެ ކަނދުފައްޗާއި، ސްޕޯޓްސް ފިޝިންއަށް ހާއްސަކޮށްގެން އަޅާ ވަދު ކަނދުފައްޗެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ރަށްރަށުގެ ޒުވާނުންނާއި، ސީދާ ކައުންސިލްތަކުންވެސް އެރަށްރަށުގައި ވަދު ކަނދުފަތިތައް އަޅައިދިނުމަށް އެދެމުންދާކަމަށެވެ.

އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 15 ކަނދުފައްޗެއް ވަނީ އަޅާފައެވެ. އަދި އަންނަ ހަފްތާގެ ތެރޭގައި އިތުރު 5 ކަނދުފަތި އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި 2 ވަދު ކަނދުފަތިވެސް ހިމެނެއެވެ.

އަންނަ ހަފްތާގައި އެޅުމަށް ހަމަޖެހިފައިވާ ކަނދުފަތިތައް:

• ހއ. ފިއްލަދޫ (މަސްކަނދުފަތި)

• ހއ. ދިއްދޫ (މަސްކަނދުފަތި)

• ށ. ފުނަދޫ (މަސްކަނދުފަތި)

• ކ. މާފުށި (ވަދުކަނދުފަތި، މުޅިން އަލަށް)

• ނ. ޅޮހީ (ވަދުކަނދުފަތި، މުޅިން އަލަށް)

ފިޝަރީޒް މިނިސްޓްރީން ބުނީ މި ސަރުކާރުން މިހާތަނަށް 90 އަށްވުރެ ގިނަ ކަނދުފަތި އަޅާފައިވާކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ