މަސްވެރިކަމާއި ގުޅޭ

2 bulhi

މަސްވެރިކަން ރަނގަޅުވެ "އެއްދަނުގައި" ދެބުޅި ވެސް ޖަހަން ފަށައިފި

އެއްދަނުގައި ދެ ބުޅި ޖަހައިގެން މަސްބާނާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.

މި ވީޑިއޯ ހިއްސާކޮށްފައިވަނީ "މާއުނގޫދޫ މަސްވެރިން"ގެ ފޭސްބުކް ޕޭޖްގައެވެ. ވީޑިއޯގައި ފެންނަނީ ށ. މާއުނގޫދޫ "އީނާޝް" ދޯނި، މަސް އައިނަކުން ދަހިކޮށް މަސް ބާނަމުންދާ މަންޒަރެވެ. މި ވީޑިއޯއިން ދޯނީގެ މަސްވެރިޔަކު ވަރަށް ހަމަޖެހިގެން އިށީންދެގެން އިނދެ އެއްދަނުގައި "ދެބުޅި" ޖަހާ މަންޒަރު ފެނެއެވެ. ދޮށީގައި ދެބުޅި ލައިގެން އިނދެ ފަހަރަކު ދެ މަސް ބާނަނީއެވެ. މިއީ އެއްދަނުގައި "ދެބުޅި" ޖެހުމެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އީނާޝް ދޯނިން ބާނަމުން ދިޔައީ އެންމެ ބާނަން ފަސޭހަ ސައިޒްގެ 2 ކިލޯ ނުވަތަ 3 ކިލޯވަރުގެ މަހެވެ.

އެއްދަނުގައި ދެބުޅި ޖަހައިގެން، ނުވަތަ ދޮށީގައި ދެ ބުޅި ލައިގެން މަސް ބޭނުމަކީ ދިވެހިން ކުރާ ކަމެކެވެ. ނަމަވެސް އެއްދަނުގައި ދެބުޅި ޖަހައިގެން މަސްބާނާ ވީޑިއޯއެއް އާންމުވުމުމަކީ މިހާތަނަށް އެހާ އާންމުކަމެއް ނޫނެވެ.

އެއްދަނުގައި ދެބުޅި ޖެހުމަކީ ދިވެހި މަޝްހޫރު ހަރުބަހެކެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

One Response

Comments are closed.