އައްޑޫ ފޭދޫ ސްކޫލް ލައިބްރަރީގެ އޭސީގައި މިއަދު ހެނދުނު ރޯވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެމްއެންޑީއެފުން ބުނީ ހެނދުނު 8:20 ހާއިރު އެ ހާދިސާގެ މައުލޫމާތު ލިބުމުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި ނުވައެއް ޖަހަން އުޅެނިކޮށް އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ލައިބްރަރީއަށް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ.
އެގޮތުން ލައިބްރަރީގެ ދޮރާއި ބައެއް ފޮތްތަކަށް ވަނީ ގެއްލުންވެފައެވެ.