ހިމާޔަތްކޮށްފައިވާ މަހެއް ބާނައިފި ނަމަ ބައިމިލިއަނުން ޖޫރިމަނާ ކުރެވޭ ގޮތް ހަދަނީ

maa hulhunbu landaa

ހިމާޔަތްކޮށްފައިވާ ބާވަތެއްގެ މަސް ބާނައިފި ނަމަ 500،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން އަދި އެ ފަދަ މަހެއް ނުވަތަ މަހެއްގެ ބައެއް ބޭރުކޮށްފި އެއް މިލިޔަން ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިލުގެ ބަހުސް ފަށައިފިއެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު އަލްސަން އަހުމަދު ހުށަހެޅުއްވި އެ ބިލުގެ ފުރަަތަމަ ކިއުން، މިމަހުގެ 20 ވަނަ ދުވަހު އިއްވުމަށް ފަހު އިބްތިދާއީ ބަހުސް ފެށީ މިއަދު އެވެ.

މިހާރު ގާނޫނުގައި އޮތީ، އެފަދަ ކަމެއް ކުރާ މީހަކު 5،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ .އެ އަދަބު ވެސް އޮތީ ގާނޫނު ތަންފީޒުކުރާ މިނިސްޓްރީ (ފިޝަރީޒް މިނިސްޓްރީ)ގެ އިހުތިޔާރަށް ދޫކޮށްލާފަ އެވެ.

އަލްސަން ހުށަހެޅުއްވި ބިލުގައި އޮތީ ހިމާޔަތްކޮށްފައިވާ ބާވަތްތަކުގެ މަސް ބޭނުމާއި އެފަދަ މަހެއް ނުވަތަ މަހެއްގެ ބައެއް ރާއްޖެއިން ބޭރުކުރުމަކީ ކުށެއް ކަމަށް ކަނޑައަޅާށެވެ.

މީގެ އިތުރުން މަސްވެރިކަމުގެ ވަސީލަތްތަކަށް ގެއްލުން ދިނުމަކީ ކުށެއް ކަމަށް ކަނޑައަޅަންވެސް އެ ބިލުގައި އެބަ އޮތެވެ. އެފަދަ ކުށެއް ކުރާ މީހެއްގެ އަދަބަކީ 200،000ރ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުމެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ