އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި

Screenshot 2026-04-30 at 15.50.06

ރާއްޖެ އަންނަ އެއާލައިންތަކަށް ލުއިކޮށްދިނުމުގެ ގޮތުން އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ހެޔޮކޮށްފި އެވެ.

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އުފައްދާފައިވާ ކްރައިސިސް ކޮމިޓީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އަދި ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ޖެޓް ފިއުލްގެ އަގު ބޮޑުވުމުގެ ޝަކުވާ އެއާލައިންތަކުގެ ފަރާތުން ލިބޭތީ، އެމްއޭސީއެލްއާ އެކު ސަރުކާރުން ކުރި މަޝްވަރާއަށް ފަހު، މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖެޓް ފިއުލްގެ އަގު ލިޓަރަކުން 0.25 ސެންޓް ހެޔޮކޮށްފައިވާ ކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެޔޮ އަގު ބޮޑުވުމުން އެމްއޭސީއެލް އިން ޖެޓް ފިއުލްގެ އަގު ބޮޑުކުރީ މިދިޔަ މަހު އެވެ.

އޭރު 1.19 ޑޮލަަރަށް ވިއްކަމުން އައި ޖެޓް ފިއުލް ލީޓަރެއްގެ އަގު އެ ކުންފުނިން 1.69 ޑޮލަރަށް ބޮޑުކުރި އެވެ.

އަގަށް ގެނައި މި ބަދަލާ އެކު، ދެން ޖެޓް ފިއުލް ލީޓަރެއް  ވިއްކާނީ 1.44 ޑޮލަރަށެވެ.

 

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ