ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދިޔައީ ސަރުކާރުގެ ސަބަބުން ނޫން: މުންދު

ea437534-2593-4716-b72d-e75e9ae1e3d1

ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ފަހަތަށް ދަނީ ސަރުކާރުގެ ސަބަބުން ނޫން ކަމަށާއި އެކަމަށް އެންމެން ޒިންމާވާން ޖެހޭ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

މުންދު އެފަދައިން ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ ހަތަރު ދަރަޖަ ފަހަތަށް ގޮސްފައިވަނީ ސަރުކާރުން ކޮށްފައިވާ ކަމަކުންތޯ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.

އެސުވާލަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ބައެއް ނޫސްވެރިންނަށް ހީވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ދަނީ ސަރުކާރުން ކުރާ ކަމަކުން ކަމަކުން ކަމަށެވެ.

"ބައްލަވާ ޕްރެސް ފްރީޑަމް އިންޑެކްސް އެބޭފުޅުން މިނަ ކިރަނީ ހަމަ އެކަނި ސަރުކާރަކުން ނޫނޭ. ސަރުކާރުގެ ޕަފޯމެންސް ނުވަތަ ސަރުކާރަކުން މީޑިއާއާއި އޮންނަ ގުޅުން އޮންނަނީ ރަނގަޅަށްތޯ ގޯސްކޮށްތޯ، ތިރިއަށްތޯ މައްޗަށްތޯ، މަދުތޯ ގިނަތޯ އެކަންޏެއް ނޫނޭ. އޭގެ ޒިންމާ ތިބޭފުޅުން [ނޫސްވެރިން] ގެ ވެސް އޮވޭ" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ރާއްޖޭގައި ޕްރެސް ފްރީޑަމް އިންޑެކްސް ދަށްވުމަކީ އޭނާ ވެސް ހިތްހަމަ ޖެހޭ ކަމެއް ނޫން ކަމަށާއި ނޫސްވެރިން ވެސް ހިތްހަމަ ޖެހޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ރަނގަޅު ކުރުމުން ރީތި ނަމެއް ލިބޭނީ ރާއްޖެއަށް ކަމަށާއި ގުޅިގެން ކުރެވޭ މަސައްކަތަކުން އެކަން ރަނގަޅުކުރެވޭނެ ކަމަށެވެ.

މުންދު ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް ބައެއް ފަހަރު ފަހަތަށްދާއިރު ދަނީ ކޮމްޕެރެޓިވްކޮށް ކަމަށެވެ. އިންޑެކްސްއެއްގައި ގައުމެއް ހަތަރު ދަރަޖަ ފަހަތަށް ދިއުމަކީ އޭގެ ދަށުގައި އޮތް ބައެއް ގައުމުތައް 10 ވަރަކަށް ދަރަޖަ މައްޗަށް ކުރިއަށް އެރުން ކަމަށް ވެސް ވެދާނެ ކަމަށް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!
ފަހުގެ