"ބިންވެރިޔާ" ޚާއްސަ ސްކީމާ ގުޅޭ އުސޫލުގެ ކެޓަގަރީ ތިނެއްގެ ދަށުން ފްލެޓަށާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މޭ މަހުގެ 10ވަނަ ދުވަހު ހުޅުވާލަން މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓުން ނިންމައިފިއެވެ.
"ބިންވެރިޔާ" ޚާއްޞަ ސްކީމްގެ ކެޓަގަރީ ތިނެއްގެ ދަށުން ޕްރޮގުރާމު ހިންގުމަށްޓަކައި "ބިންވެރިޔާ" ޚާއްސަ ސްކީމާ ގުޅޭ އުސޫލަށް އެއްވަނަ އިސްލާހު ގެނައުމުގެ އުސޫލު ގެޒެޓުގައި ވަނީ ޝާއިއުކޮށްފަވެ.
މި އުސޫލުގެ ދަށުން އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ، 10 މޭވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެން 31 މޭ 2026 ވާ އާދީއްތަ ދުވަހުގެ 23:59 ގެ ނިޔަލަށެވެ. މި އުސޫލުގެ ދަށުން ބޯހިޔާވަހިކަމަށް އެދި އެޕްލިކޭޝަން ހުށަހަޅާނީ boahiyaavahikan.housing.gov.mv ޕޯޓަލް މެދުވެރިކޮށެވެ.
މި އުސޫލުގެ ކެޓަގަރީ ތިނެއްގެ ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ފަރާތަކުން ގޯތި ދޫކޮށް ފްލެޓަށް ނުވަތަ ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅައިފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށް ވަކިން ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.