މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް މުހައްމަދު އަނަސް އައްޔަން ކޮށްފިއެވެ.
ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން މިރޭ ބުނީ، މިރެއިން ފެށިގެން އެ މަގާމަށް އަނަސް އައްޔަންކޮށްފައި ވާކަމަށެވެ.
މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަނަސް ހުންނެވީ ޕީސީބީގެ ރައީސްގެ މަގާމުގައެވެ. ޕީސީބީން ވަނީ އަނަސް ކޮށްދެއްވި ޚިދުމަތަށް ޝުކުރު އަދާކުރައްވާފައެވެ.
މިފްކޯގެ އެމްޑީގެ މަގާމު ހުސްވީ އެމަގާމުގައި ކުރިން ހުންނެވި ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވުމުންނެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވީ މިމަހުގެ 21ވަނަ ދުވަހުއެވެ.