ދިހަ ރަށެއްގައި ނޭޗާ ޕާކު ތަރައްގީކުރަން ފަށައިފި

Screenshot 2026-05-02 at 13.53.15

ދިހަ ރަށެއްގައި ނޭޗާ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.

އެގޮތުން އެކަމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލީ 2024 ވަނަ އަހަރުގެ ތެރޭގައެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ، ނޭޗަރ ޕާކު ތަރައްޤީކުރުމަށް ޝައުގުވެރިކަން ހުރި ރަށްރަށަށް ހުޅުވާލުމުން ރަށްތަކުން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމަށްފަހު އެންމެ މަތިން މާކުސް ލިބުނު ދިހަ ރަށުގައި ނޭޗާ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް ފެށިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ނޭޗަރ ޕާކު ތަރައްޤީކުރާ ރަށްތައް:

• ހއ. މޮޅަދޫ

• ހދ. ކުމުންދޫ

• ނ. ލަންދޫ

• ކ. ހުރާ

• އދ. އޮމަދޫ

• މ. ކޮޅުފުށި

• ތ. ކިނބިދޫ

• ލ. ގަން

• ގއ. ކޮނޑޭ

• ގދ. ފިޔޮރީ

މިނިސްޓްރީން ބުނީ، އެތަންތަން ތަރައްގީކުރާނީ އެ ރަށްރަށުގެ ކައުންސިލާ ގުޅިގެން ކަމަށާއި ކައުންސިލްތަކާއެކު ގްރާންޓު އެގްރިމަންޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ