ޕީއެންސީގެ ކެމްޕޭން ސްޕޯކްސްޕާސަނަކަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު ހަމަޖައްސައިފިއެވެ.
ޕީއެންސީން ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމަށް މުހައްމަދު ފިރްޒުލް އަބްދުﷲ ހަލީލް އައްޔަންކޮށްފައިވާ ކަމަށެވެ.
ފިރުޒުލް އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ.
ފިރްޒުލް ވަނީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައިވެސް ޕީއެންސީގެ ތަރުޖަމާނުކަން ކުރައްވައިފައެވެ.