ރާއްޖޭގައި ތިބޭ މީހުންގެ ކާޑު ބޭރުގައި ބޭނުންނުކުރެވޭ ގޮތް ހަދަނީ

Screenshot 2026-05-02 at 15.27.49

އެހެން މީހުންގެ ކާޑުން ރާއްޖޭން ބޭރުގައި ވިޔަފާރި ނުކުރެވޭ ގޮތް ބީއެމްއެލުން ހަދައިފި

އެހެން މީހުންގެ ކާޑުން ރާއްޖޭން ބޭރުގައި ވިޔަފާރި ނުކުރެވޭ ގޮތް  ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދަން ނިންމައިފިއެވެ.

ބީއެމްއެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވީ މިހާރު ބެންކަން ގަންނަން ލިބޭ ޑޮލަރަށް ވުރެ، ވިއްކަން ޖެހޭ ޑޮލަރު އިތުރުވަމުން އަންނަ ކަމަށް ވިދާޅުވެފައެވެ.

އެހެންވެ، ބެންކުން ފިޔަވަޅުތަކެއް އަޅަން ނިންމައިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"މީގެ ތެރެއިން އެއްކަމަކީ ބީއެމްއެލްއާ މޯލްޑިވްސް އިމިގްރޭޝަންއާއެކު ގާއިމްކުރެވުނު ޑިޖިޓަލް އިންޓަގްރޭޝަންއާއެކު ރާއްޖެއިން ބޭރުގެ ޕީއޯއެސް އަދި އޭޓީއެމްތަކުގައި ބޭނުންކުރެވޭ ފޮރިން ސްޕެންޑިން ލިމިޓް ހަމައެކަނި ރާއްޖެއިން ބޭރުގައި އެކްޓިވްވާ ގޮތަށް ހަމަޖެއްސުން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، އެ ގޮތަށް ހަމަޖެއްސުމުން ރާއްޖޭގައި ތިބޭ ކަސްޓަމަރުންގެ ކާޑު (ކާޑުގެ ވެރިފަރާތާ ނުލައި) ރާއްޖެއިން ބޭރަށް ގެންގޮސްގެން ބޭނުން ނުކުރެވޭނެ ކަމަށެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތިބޭ 18 އަހަރުން ދަށުގެ ދަރިވަރުންނަށް "ސްޓޫޑަންޓް ކާޑު" ލިބެންދެން ބެލެނިވެރިންގެ ކާޑު ބޭނުން ކުރެވޭނެ ކަމަށެވެ.

 

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ