އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އަހުމަދު މުބީން މިއަދު އައްޔަން ކޮށްފިއެވެ.
މިކަން ހަމަކޮށް އެމްޓީސީސީން ވަނީ މުބީންއަށް މަރުހަބާ ކިޔައިފައެވެ. އެމްޓީސީސީން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ، އެކުންފުނީގެ ބޯޑާއި ޑިރެކްޓަރުންގެ ޓީމަށް މުބީން އައްޔަންކޮށްފައި ވާކަމަށެވެ. މުބީންގެ ލީޑާޝިޕަށް އިތުބާރު ކުރާކަމަށާއި މުބީންގެ ހިންގުމުގެ ދަށުން ކުންފުންޏަށް އިތުރު ކުރިއެރުންތަކެއް ލިބޭނެކަމަށް އުންމީދު ކުރާކަމަށް ވެސް އެ ޕޯސްޓުގައި ވެއެވެ.
މި ސަރުކާރުން އެންމެ ފުރަތަމަ މުބީން އައްޔަންކުރީ ރީޖަނަލް އެއާޕޯޓްސް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށެވެ. ނަމަވެސް، ފަހުން އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.