ރައީސުލްޖުމްހޫރިއްޔާ ޑ.ރ މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ފުރަމާނަ ދަތުރުފުޅެއްގައި ސްރީލަންކާއަށް ވަޑައިގަންނަވައިފިއެވެ.
ބަންޑާރަނަޔަކަ އިންޓަނޭޝަނަލް އެއާޕޯޓް (ބީއައިއޭ) އިން އެ ދެކަނބަލުންނަށް އިސްތިގުބާލުކުރެއްވީ، ސްރީލަންކާގެ ބޮޑުވަޒީރު، ޑރ. ހަރިނީ އަމަރަސޫރިޔާއެވެ.
ރައީސްގެ ދެކަނބަލުންގެ ޝަރަފުގައި، ސްރީލަންކާގެ ސަގާފީ ހަރަކާތެއް ހިމެނޭހެން، މަރުޙަބާ ވިދާޅުވުމުގެ ހަރަކާތްތަކެއް، ބީއައިއޭ ގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެއަށްފަހު، ރައީސް ވަނީ، މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ.
މިއަދުން ފެށިގެން މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.