މަސްތުވާތަކެތީގެ މައްސަލައެއްގައި މަޑުއްވަރިން 51 އަހަރުގެ މީހަކު ހައްޔަރުކޮށްފި

1_Suspect_2_cde5ccdd7a

މަސްތުވާތަކެތީގެ މައްސަލައެއްގައި ރ. މަޑުއްވަރިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ރ. މަޑުއްވަރި އޯކިޑުވިލާ ، ޖާދުﷲ އަޙްމަދު ޤާސިމްއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ.

ފުލުހުން ބުނީ، މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާ ކަމުގެ ތުހުމަތުގައި އެ ރަށު ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ފެނިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ޖާދުﷲ އަޙްމަދު ޤާސިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ