މަރާމާތު ކުރުމަށްޓަކައި ސަލްޓަން ޕާކު ވަގުތީގޮތުން ބަންދުކުރަން ނިންމާފައި ވާކަމަށް މިނިސްޓްރީ އޮފް އިންޕްރާންސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން މިއަދު ބުނެފިއެވެ.
އެ މިިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، މަރާމާތަށް ޕާކު ބަންދުކުރާނީ މިއަދުން ފެށިގެން ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ފެށިގެން ކަމަށެވެ.
"ވީމާ، މި މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި ސަލްޓަންޕާކު ސަރަޙައްދު އާންމުންނަށް ވަގުތީގޮތުން ބަންދުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި އިޢުލާންކުރަމެވެ. މިކަމުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދެމެވެ،" އެ ބަޔާނުގައި ވެއެވެ.
މި ޕާކު ވިރާނާވެ ހަލާކުވާކަމުގެ ޝަކުވާތައް މީގެކުރިން ވެސް ފެންމަތިވިއެވެ.