މުހިންމު ހަތް ދާއިރާއަކުން ލަންކާއާއެކު އެމްއޯޔޫގައި ރާއްޖެއިން ސޮއިކޮށްފި

Screenshot 2026-05-04 at 12.56.48

ރާއްޖެ އާއި ސްރީލަންކާއާ ދެމެދު ހަތް ދާއިރާއަކުން ގުޅުން ބަދަހިކުރުމަށް އެމްއޯޔޫތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.

މި އެމްއޯޔޫތަކުގައި ސޮއިކުރީ ލަންކާގެ ރައީސް އަނޫރަ ކުމާރަ ޑިސަނަޔަކަގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި ލަންކާގެ ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ މްއޯޔޫތަކުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމާއި ރާއްޖެއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ.

ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރި އެމްއޯޔޫތައް:

  • ފަތުރުވެރިކަމުގެ ދާއިރާ
  • އާކައިިވިން ކޯޕަރޭޝަން
  • ޓީޗަރުންނާއި ސްކޫލް ލީޑަރުން ތަމްރީން ކުރުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް
  • ކުޅިވަރާއި ޒުވާނުންގެ ދާއިރާ
  • ދިފާއީ ދާއިރާ- ޑިފެންސް އެޑިއުކޭޝަން، ޓެރެއިނިން އެންޑް ރީސާޗް ކޯޕަރޭޝަން
  • އެކަޑަމިކް ކޯޕަރޭޝަން

ރައީސްގެ ދެ ކަނބަލުން އިއްޔެ ލަންކާ އަށް ކުރެއްވި ދަތުރުފުޅު އަންނަ ބުދަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ