ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ސީއީއޯއަކަށް، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރަކަށް ހުންނެވި އާމިނަތު ޝިރުނާ މިއަދު އައްޔަންކޮށްފި އެވެ.
އެންސްޕާގެ ސީއީއޯއަކަށް ޝިރުނާ އައްޔަން ކުރެއްވީ އެ މަގާމުގައި އެންމެފަހުން ހުންނެވި ހީނާ ވަލީދު ހެރިޓޭޖު މިނިސްޓަރަށް އައްޔަނުކުރެއްވުމުންނެވެ.
ހެލްތު މިނިސްޓްރީގައި ޝިރުނާ ވަނީ ދަމަނަވެއްޓާއި ބްލަޑް ސާވިސް ބެލެހެއްޓުމުގައި މަސައްކަތް ކުރައްވައިފަ އެވެ.
މީގެ ކުރިން ޝިރުނާ ވަނީ އައިޖީއެމްއެޗުގައި ނަރުހެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ.