އަމާޒަކީ އެއްބަސްވުންތައް ހަގީގަތަކަށްވެ، ރައްޔިތުންނަށް ފައިދާވުން: ރައީސް

HHdi9zsacAABik9

ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހަގީގަތަކަށް ހަދައި އޭގެ ފާއިދާ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ލަންކާގެ ރައީސްގެ ދަޢުވަތަކަށް އެ ޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި އިއްވެވި ދެޤައުމުގެ ގުޅިފައިވާ ބަޔާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެއާއި ލަންކާއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ތަޢުލީމާއި ތަމްރީނުގެ ދާއިރާއިންނާއި އަރުޝީފުކުރުމުގެ ދާއިރާ އާއި ސިއްޙަތާއި ދިފާޢީ ދާއިރާ އަދި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރު ތަރައްގީ ކުރުމުގެ ދާއިރާއިން ދެ ޤައުމު ގުޅިގެން އިތުރު މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މި އެއްބަސްވުންތައް ހަގީގަތަކަށް ހައްދަވައި ދެ ޤައުމުގެ ރައްޔިތުންނަށް އޭގެ ފާއިދާ ހޯދައިދެއްވުން ކަމަށެވެ.

ރައީސް ލަންކާއަށް ވަޑައިގެންފައިވަނީ އެ ގައުމުގެ ރައީސްގެ ދައުވަތަކަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ