ރާއްޖެއާއި ލަންކާއާ ދެމެދު ގިނަ ދާއިރާތަކަކުން ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފި

459876_223bca1f-a_

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ރިޔާސަތުގައި، ދެ ގައުމުން ގިނަ ދާއިރާތަކަކުން ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.

ރައީސް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް ބާއްވަވާފައިވަނީ، މިއަދު ކޮލަމްބޯގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއަޓްގައެވެ.

މިއަދުގެ މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ، އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ. ދެޤައުމުގެ ގުޅުމަށް 60 އަހަރު ފުރިފައިވަނީ ޖުލައި 2025ގައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނާ ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެގައުމުގެ ތަރައްގީގައި ކޮންމެ ގައުމަކުން ވެސް އަދާކުރަމުން އަންނަ ދައުރަށް ވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، އިޤްތިޞާދީ، ޒުވާނުންގެ ތަރައްޤީ، ތަޢުލީމް، ތާރީޚާއި ޘަޤާފަތް، ޞިއްޙީ، ދިފާޢީ، މަސްވެރިކަމުގެ ދާއިރާތައް ހިމެނޭހެން ދެޤައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމުގައި، ދެ ބޭފުޅުން ވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

ރަސްމީ މަޝްވަރާގައި، ދެޤައުމުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ