މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

1_Suspect_bcbd6684bb

މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.

ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ސ. ހުޅުދޫ / ސެލްޓަން، އުމުރުން 49 އަހަރުގެ މުޙައްމަދު ރަޝީދުއެވެ. މި މެއި މަހުގެ ތިންވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ސިނަމާލެ ފުލެޓް ތެރެއިން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 261.93 ގުރާމެވެ.

މި މައްސަލައާ ގުޅިގެން، އޭނާއާ ގުޅުންހުރިކަމަށް ބެލެވޭ ދެ ސައިކަލު ބަލައިފާސްކޮށް އެ ދެ ސައިކަލު ވަނީ ޓޯކޮށްފައެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ