ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައި ދޮށީ ކަނދުފަތި އަޅައިފި

Screenshot 2026-05-05 at 18.45.13

ށ. ފުނަދޫ އިރު އުތުރުން 11.5 މޭލު ބޭރުގައި މިއަދު ދޮށީ ކަނދުފަތި އަޅައިފިއެވެ.

މި ދޮށީ ކަނދުފަތީގެ ނަންބަރަކީ D09D01 އެވެ. މި ދޮށީ ކަނދުފަތި އަޅާފައިވާ ލޮކޭޝަނަކީ:
6°12.500’N
28.500 73°’E
މި ދޮށީ ކަނދުފަތި ޤާއިމްކުރުމުގެ ސަބަބުން އެ ސަރަޙައްދުގެ މަސްވެރިކަން އިތުރަށް ކުރިއަރާދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ. މި ދޮށީ ކަނދުފަތި ޤާއިމްކުރުމާ ގުޅިގެން އެ ސަރަޙައްދުގެ މަސްވެރިން، ޚާއްޞަކޮށް ޒުވާން މަސްވެރިންނާއި ސްޕޯޓްސް ފިޝިންގްގައި ޝާމިލްވާ ފަރާތްތަކަށް ވަރަށް ބޮޑު ފަސޭހައެއް ލިބޭނެކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ކަނދުފަތި ޤާއިމްކުރުމަކީ ސަރުކާރުގެ މަސްވެރިކަން ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ކުރަމުން ގެންދާ މުހިންމު މަސައްކަތެކެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ކަނދުފަތި ޤާއިމްކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ