ހުޅުމާލެ ދެވަނަ ފިޔަވަހިން 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ގެއްލިގެން ހޯދަމުން ދަނީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) ކަމަށެވެ.
އެ ކުއްޖާގެ އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައި ކަމަށެވެ.
ފުލުހުން ބުނީ އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރު ކަމަށާއި އެ ކުއްޖާ ގެއިން ނުކުތްއިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެއް ކަމަށެވެ.
ފުލުހުން ބުނީ، އަލްޔާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު ކަމަށާއި އެ ހިދުން ފެށިގެން އެ ކުއްޖާ ހޯދުމަށް މަސައްކަތް ފެށި ނަމަވެސް މިހާތަނަށްވެސް އެ ކުއްޖާ ފެނިފައި ނުވާ ކަމަށެވެ..
ފުލުހުން ވަނީ، އެ ކުއްޖާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ސީރިއަސް ކްރައިމް އިންވެސްޓިގޭޝަންގެ ނަންބަރު 9113900 އަށް ގުޅައި ހިއްސާކުރުމަށް އެދިފައެވެ.