ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، އެ ދާއިރާއިން ލިބޭ މަންފާ އިތުރުކުރުމަށްޓަކައި ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަން ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްގެ ފަރާތުން ރާއްޖެ ސްރީލަންކާ ބިޒްނަސް ފޯރަމް 2026 ގައެވެ.
މި ސެޝަންގައި މަޢުލޫމާތު ދެއްވީ އެ މިނިސްޓްރީގެ ބޭފުޅެއް ކަމުގައިވާ ޢާއިޝަތު ރައުކަސްއެވެ.
މި ސެޝަންގައި، ރާއްޖޭގެ އިގްތިސާދުގެ މައިގަނޑު އެއް ތަނބު ކަމުގައިވާ މަސްވެރިކަމުގެ ސިނާއަތުން އުފައްދާ ތަކެތީގެ މަންފާ އިތުރުކުރުމަށާއި، ސަޕްލައި ޗެއިން ހަރުދަނާކުރުމާ ގުޅޭގޮތުން ތަފްޞީލީ މަޢުލޫމާތު ދެއްވިއެވެ. މީގެއިތުރުން، މި ދާއިރާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ހުރި ފުރުޞަތުތަކުގެ މައްޗަށް ވެސް ފުޅާދާއިރާއެއްގައި އަލިއަޅުއްވާލެއްވިއެވެ.