ހުޅުމާލެއިން ގެއްލުނު އަންހެންކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

Screenshot 2026-05-06 at 14.29.25

ހުޅުމާލެއިން ގެއްލިގެން ހޯދަން މިއަދު އިއުލާނު ކުރި 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މިކަމާ ގުޅިގެން އިތުރު އެއްޗެއް ފުލުހުން ބުނެފައެއް ނުވެއެވެ.

ގެއްލިގެން ހޯދަން މިއަދު އިއުލާނުކުރީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ)އެވެ. އޭރު ފުލުހުން ބުނީ، އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައި ކަމަށެވެ.

މިއަދު ފުލުހުން ބުނީ އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރު ކަމަށާއި އެ ކުއްޖާ ގެއިން ނުކުތްއިރު ލައިގެން ހުރީ ހުދުކުލައިގެ ރޮނގުދެމި ކްރޮޕް ޓޮޕަކާއި މަޑު ނޫކުލައިގެ ޖީންސެއްގެ އިތުރުން ކަޅުކުލައިގެ ޝޯލެއް ކަމަށެވެ.

ފުލުހުން ބުނީ، އަލްޔާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު ކަމަށާއި އެ ހިދުން ފެށިގެން އެ ކުއްޖާ ހޯދުމަށް މަސައްކަތް ފެށިކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ހިޔާލު ފާޅުކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ