މައުލޫމާތު ހޯދައި ލިބިގަތުމުގެ ޤާނޫނުގެ ދަށުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވިި 233 އާރުޓީއައި ފޯމަށް ޖަވާބުދީ، މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކާއި ވުޒާރާތަކަށް މައުލޫމާތު ހޯދުމަށް ހުށަހަޅާ އާރުޓީއައި ފޯމުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.
ތަރުޖަމާނު ވިދާޅުވީ ރައީސް އޮފީހަށް ހުށަހަޅާ އާރުޓީއައިތަކަށް މައުލޫމާތު ފޯރުކޮށްދެމުން ދާ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ މެއި މަހުންފެށީގެން ޑިސެމްބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ލިބުނުއިރު 170 އާރުޓީއައިއަށް ޖަވާބުދެއްވާފައިވާ ކަމަށާއި މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިއަހަރުގެ މިހާތަނަށް 106 އާރްޓީއައި ލިބިފައިވާއިރު، 63 އާރްޓީއައިއަށް ޖަވާބު ދީފައިވާ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.
ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅި 288 އާރުޓީއައި ފޯމުގެ ތެރެއިން 233 ފޯމަށް ޖަވާބުދީ، މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް އެ އޮފީހުން ހާމަކޮށްފިއެވެ.#Maldives #PresidentOffice #RTIhttps://t.co/CjvuSgD5ch pic.twitter.com/R8QkRa9tYV
— Masverin News (@MasverinNews) May 7, 2026
"ޖުމްލަ 288 އާރްޓީއައި ރައީސް އޮފީހަށް މިދެންނެވި މުއްދަތުގައި ލިބި، 233 އަށް ޖަވާބު ދެވިފަ ފެންޑްވެފައިވަނީ މިއިނީ 55" ތަރުޖަމާނު ވިދާޅުވިއެވެ.
ތަރުޖަމާނު ވިދާޅުވީ ޚާރިޖީ ގުޅުންތަކާއި އެފަދަ ކަންކަމަށް ބުރޫ އަރާ ގޮތަށް އެދިފައި ހުންނަ މައުލޫމާތާއި ބައެއް މާލީ އެއްބަސްވުންތަކުގައި ހުންނަ ސިއްރުކޮށްފައިވާ މައުލޫމާތު އަދި ޤައުމީ ސަލާމަތާގުޅޭ މައުލޫމާތު ހޯދަން އާރުޓީއައި ހުށަހެޅި ނަމަވެސް އެފަދަ މައުލޫމާތު ހިއްސާ ނުކުރެވޭނެކަން ދަންނަވާނެ ކަމަށެވެ.